މާލޭގައި ހުންނަ ދަ ސަމާސެޓް ހޮޓަލުގެ ރެސްޓޯރެންޓް، "ބެލް އަމީ ބިސްޓްރޯ" އިން އެ ރެސްޓޯރެންޓުގެ އައު މެނޫ މި މަހުގެ ފަހެއްވާ އަންނަ ހޮނިހިރު ދުވަހު ތައާރަފްކުރުމަށް ނިންމައިފިއެވެ.
އެ މެނޫގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކެއުންތަކުން މިސާލު ނަގައިގެން ތައްޔާރުކޮށްފައިވާ ތަފާތު ރަހަތަކާއި ގިނަ ބާވަތްތަކެއް ހިމެނޭނެ ކަމަށް އެ ރެސްޓޯރެންޓުން ބުންޏެވެ.
އޭގެ ތެރޭގައި އާންމުކޮށް ކައިއުޅޭ މަގުބޫލު ބާވަތްތަކުގެ އިތުރުން، މުޅިން އަލަށް ތައާރަފުކުރާ ކެއުންތައް ވެސް ހިމެނޭނެ ކަމަށް އެ ރެސްޓޯރެންޓުން ވަނީ ބުނެފައެވެ. އެ ރެސްޓޯރެންޓުން ވަނީ މި ބަދަލުގެ މައިގަނޑު މަގުސަދަކީ ހޮޓަލުގައި ތިބޭ މެހެމާނުންނާއި، އާންމުކޮށް ކެއިންބުއިމުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފުރުސަތުތަކާއި ފުޅާ ދާއިރާއެއްގައި ޚިދުމަތް ފޯރުކޮށްދިން ކަމަށް ބުނެފައެވެ.
އައު މެނޫއާ އެކު، ކޮންމެ ބުރާސްފަތި ދުވަހަކު އޮންނަ ޚާއްސަ ބުފޭ "ގްރޭންޑް ޓުއާ" ވެސް ބެލް އަމީ އިން ތައާރަފްކުރާނެއެވެ.
"ގްރޭންޑް ޓުއާ" އަކީ އައު މެނޫގައި ހިމެނޭ ޚާއްސަ ބާވަތްތައް ބުފޭއެއްގެ ގޮތުގައި އެއް ވަގުތެއްގައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ހަރަކާތެއް ކަމަށް އެ ރެސްޓޯރެންޓުން ވަނީ ބުނެފައެވެ.
އެ ރެސްޓޯރެންޓުން ވަނީ ގްރޭންޑް ޓުއާ އައު މެނޫގެ ތެރެއިން ކޮންމެ ހަފުތާއަކު ވެސް އައު މެނޫގައި ހިމެނޭ ތަފާތު ބާވަތްތަކެއް ހިމެނޭނެ ކަމަށް ބުނެފައެވެ. އަދި ސެޕްޓެމްބަރު މަހުގެ ކޮންމެ ބުރާސްފަތި ދުވަހަކު "ގްރޭންޑް ޓުއާ" ކުރިއަށްދާނެ ކަމަށް އެ ރެސްޓޯރެންޓުން ވަނީ ބުނެފައެވެ.