ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގެ ގްރޫޕް ފިޔަވަހީގައި ކުުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނަ މަގާމާއެކު އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯއިން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ސެމީގެ ޖާގަ ވެމްކޯއިން ކަށަވަރުކުރީ ހުކުރުދުވަހުގެ ހަވީރު ރާއްޖެ ވޮލީ ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތައް ވެމްކޯއިން ކާމިޔާބުކޮށްފައިވަނީ 25-08، 25-20 އަދި 25-20 އިންނެވެ.
މި ނަތީޖާއާއެކު އަންނަ އާދިއްތަ ދުވަހު ކުޅޭ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވެމްކޯ ބައްދަލުކުރާނީ ގްރޫޕް އޭގެ ދެވަނަ ހޯދި ޕޮލިސް ކުލަބާއެވެ. މި މެޗު ކުޅޭނީ އެރޭ 20:30 ގައެވެ.
އާދިއްތަ ދުވަހުގެ ހަވީރު ކުޅޭ ސެމީ ފައިނަލުގެ މެޗުގެ ފުރަަތަމަ ޖާގަ ކަށަވަރުކޮށްފައިވަނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ހުރާ ކޮމިއުނިޓީ ކުލަބެވެ. އެ ޓީމާ ދެކޮޅަށް ސެމީގެ ދެވަނަ ޖާގަ ޔަގީންވާ ޓީމެއް އެނގޭނީ ހުކުރު ދުވަހުގެ ރޭ ކުޅޭ ގްރޫޕް ބީގެ ފަހު މެޗުތަކަށްފަހު އެވެ.
ވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގައި ވެމްކޯއާއި ރާއްޖެ ވޮލީ ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން މި މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ކުލަބު އެމްޓީސީސީއާއި ޖީޖީ ސްޕޯޓްސް އެކަޑަމީއެވެ. މި މެޗުން މޮޅުވާ ޓީމަކަށް މި ގްރޫޕުގެ ދެވަނަ މަގާމާއެކު ސެމީ ފައިނަލުން ފުރުސަތު ލިބޭނެއެވެ. ހަވީރު ކުޅުނު މެޗާއެކު ރާއްޖެ ވޮލީ ކުލަބަށް ވަނީ މުބާރާތް ނިމިފައެވެ.
އެއާއެކު ހުކުރު ދުވަހު ކުރިއަށްދާނީ ޕޫލް ބީގެ ފަހު މެޗުތަކެވެ. އެގޮތުން ޕޫލް ބީގައި ހުކުރު ދުވަހުގެ ހަވީރު 16:15 ގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯއާއި ރާއްޖެ ވޮލީ ކުލަބެވެ. އަދި އެރޭ 20:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބު އެމްޓީސީސީއާއި ޖީޖީ ސްޕޯޓްސް އެކަޑަމީއެވެ.
ވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގައި ވެމްކޯއާއި ރާއްޖެ ވޮލީ ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން ވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގެ ހުރިހާ މެޗެއް ސަން ޕްލޭއިން ވަގުތުން ގެނެސްދޭނެއެވެ. ސަބްސްކްރިޕްޝަން އާއެކު ސަން ޕްލޭ އެޕުން މުބާރާތުގެ ކޮންމެ މެޗެއް ބެލުމުގެ ފުރުސަތު ލިބެއެވެ. ކޮންމެ މެޗެއްގެ އޮންލައިން ޓިކެޓުގެ އަގަކީ 25 ރުފިޔާއެވެ. އަދި މެޗު ބަލަން ސޯޝަލް އިންޑޯއަށް ވަންނަ ސަޕޯޓަރުންނަށް ޓިކެޓު ވިއްކާ އަގަކީ 30 ރުފިޔާއެވެ. ކޮންމެ މެޗެއް ފެށުމުގެ އެއް ގަޑިއިރު ކުރިން ސޯޝަލްގައި މެޗު ޓިކެޓު ވިއްކަން ފަށާނެއެވެ.