ބޮޑު ސްކްރީނުގައި އާސެނަލްއާއި ޗެލްސީގެ މެޗު ބަލައި، ސްކޯ ދިމާކޮށްގެން އުރީދޫގެ ހަދިޔާއެއް ހޯދުމުގެ ފުރުސަތު

ލަންޑަން ޑާބީ މެޗު މިރޭ އޮންނާނެ: އެ މެޗުގެ ސްކޯ ދިމާކޮށްގެން އުރީދޫން ފައިސާގެ އިނާމެއް ލިބިދާނެ --

އިންގްލިޝް ޕްރިމިއާ ލީގްގެ ލަންޑަން ޑާބީގައި ޗެލްސީއާއި އާސަނަލް މިރޭ ކުޅޭ މެޗު ލައިވްކޮށް ބަލައިލުމުގެ ފުރުސަތާއެކު، ސްކޯ ދިމާކޮށްގެން ހަދިޔާ ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްއިން ހުޅުވާލައިފިއެވެ.

އުރީދޫން ވަނީ، އާސެނަލް އާއި ޗެލްސީގެ ފޯރިގަދަ މެޗު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން ދޯދި 11ގައި ބޮޑު ސްކްރީނުގައި ބެލޭނެ އިންތިޒާމު ހަމަޖައްސައިފައިވާކަން ހާމަކޮށްފައެވެ.

މިރޭ 8:00ގައި ގޮސް އެ މެޗު ބަލާއިރު، ގިނަ ބަޔަކު އެއްވެ، ސަޕޯޓުކޮށް، އުފާ ފާޅުކުރެވޭނެކަން އުރީދޫން ފާހަގަކުރެއެވެ.

މީގެ އިތުރުން، މިރޭ 9:15ގެ ކުރިން ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު އޮތްކަން އުރީދޫން ފާހަގަކުރެއެވެ. އެގޮތުން ސްކޯ ދިމާކުރާނީ އުރީދޫގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ކަމާ ގުޅޭ ޕޯސްޓަށް ކޮމެންޓް ކޮށްގެންނެވެ.

ސްކޯ ދިމާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވިއްޖެނަމަ ކްރޭޕް ރަނާއިން ދެ މީހަކަށް ވައުޗާ ލިބުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ޓްރޮޕިކަލް ގޭމް ސެންޓަރުން ދެ މީހަކަށް 300 ރުފިޔާގެ ވައުޗަރެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ އޮންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް