ހެލްމެޓެއް ވަގަށް ނެގި މައްސަލައިގައި ދެ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުން ވަނީ އެ ދެ މީހުން ފެންނަ ސީސީޓީވީ ފުޓޭޖެއް ވެސް އާއްމުކޮށްފައެވެ.
އެ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ ހުޅުމާލެ ފޭސް-2 ޕޮލިހުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އެ ދެމީހުންނަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ ދެމީހުން ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން ވީޑިއޯއިން ފެންނަ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް-2 ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އެ ވީޑިއޯއިން ފެންނަ ދެ ފިރިހެނުންގެ ތިބީ ޖީއެން ސައިކަލެއްގައެވެ. ބެލެވޭ ގޮތުގައި އެ ދެ ޒުވާނުންނެވެ.
އެ ދެމީހުންގެ ތެރެއިން ސައިކަލު ފަހަތުގައި އިން މީހާ ވަނީ ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ ހުންގާނުގައި އަޅުވާފައި އޮތް ހެލްމެޓެއް ވަގަށް ނަގައިފައެވެ.