ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ރާއްޖެ ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕް 2026 ގެ 14 އަހަރުން ދަށުގެ ދެ ޑިވިޝަނުގެ ޗެމްޕިއަންކަން އދ. އަތޮޅު މަދަރުސާއިން ހޯދައިފިއެވެ.
ކުޅިވަރު އެކުވެނީ އައުޓްޑޯ ވޮލީބޯޅަ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗުގައި ވާދަކުރީ އދ. އަތޮޅު މަދަރުސާ އާއި ހުރަވީ ސްކޫލެވެ. ރޭ ކުޅުނު ފައިނަލް މެޗު އދ. އަތޮޅު މަދަރުސާއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް އދ. އަތޮޅު މަދަރުސާއިން ގެންދިޔައީ 25-9 އަދި 25-10 އިންނެވެ.
ފިރިހެން ޑިވިޝަނުގެ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ
- އަހުޝަމް އަޙްމަދު - އދ. އަތޮޅު ސްކޫލް
- އަލީ އިދާން އިބްރާހީމް އާސިފް - އިމާދުއްދީން ސްކޫލް
- އަލީ ހިޝާމް - ހުރަވީ ސްކޫލް
- އިސްމާއީލް ކައިލް މުޙައްމަދު - އދ. އަތޮޅު ސްކޫލް
- އިބްރާހީމް އައިޒަން ޒިޔާދު - ހުރަވީ ސްކޫލް
- އިބްރާހީމް ސައިލާން މުޙައްމަދު ހަމްދާން - އދ. އަތޮޅު ސްކޫލް
- އާދަމް ނިއަމް - ބެސްޓް ލިބެރޯ: އދ. އަތޮޅު ސްކޫލް
- މޯސްޓް ވެލުއަބަލް ޕްލެޔާ - އަހުޝަމް އަޙްމަދު - އދ. އަތޮޅު ސްކޫލް
މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގެ ޑްރީމް ޓީމު -- ފޮޓޯ: ވީއޭއެމްމީގެ އިތުރުން އިއްޔެ ހަވީރު ކުރިއަށްދިޔަ އަންހެން ޑިވިޝަނުގެ ފައިނަލް މެޗުގައި ވާދަކުރީ އދ. އަތޮޅު މަދަރުސާ އާއި ދިގުރަށް ސްކޫލެވެ. މި މެޗުވެސް އދ. އަތޮޅު މަދަރުސާއިން ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް އދ. އަތޮޅު މަދަރުސާއިން ގެންދިޔައީ 25-19 އަދި 25-19 އިންނެވެ.
މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި އދ. އަތޮޅު ސްކޫލަށް ތަށި ހަވާލުކުރަނީ -- ފޮޓޯ: ވީއޭއެމްއަންހެން ޑިވިޝަނުގެ ޑްރީމް ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ
- އާމިނަތު މާނީ މުޙައްމަދު - އދ. އަތޮޅު ސްކޫލް
- މަރްޔަމް އައިނާ އިބްރާހީމް - ހުރަވީ ސްކޫލް
- ޒީކް ބިންތު އިބްރާހީމް އުސްމާން - ދިިގުރަށު ސްކޫލް
- މަރްޔަމް ރޭނާ ހުސެއިން - އދ. އަތޮޅު ސްކޫލް
- އާމިނަތު އީކާ އިލްހާޒް - ދިގުރަށު ސްކޫލް
- އައިޝަތު ޝިނީން އަބްދުﷲ ޝަރީފް - އދ. އަތޮޅު ސްކޫލް
- އައިޝަތު ޒީން އަޙްމަދު - ބެސްޓް ލިބެރޯ - އދ. އަތޮޅު ސްކޫލް
- މޯސްޓް ވެލުއަބަލް ޕްލެޔާ - އާމިނަތު މާނީ މުޙައްމަދު
މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ޑިވިޝަނުގެ ޑްރީމް ޓީމު -- ފޮޓޯ: ވީއޭއެމްމި މުބާރާތުގައި ފިރިހެން ކެޓެގަރީގައި ފަސް ސްކޫލެއް ވާދަކުރިއިރު، އަންހެން ކެޓެގެރީގައި ހަތް ސްކޫލެއް ވަނީ ވާދަކޮށްފައެވެ.