ގެއްލިގެން ހޯދަމުންދިޔަ މާއީ ފެނިއްޖެ، ހާލު ރަނގަޅު: ފުލުހުން

ގެއްލިގެން ހޯދި މީހާ: -- ފޮޓޯ/ ފުލުހުން

ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދިޔަ ލ. މުންޑޫ، ގުލްޒާރުގެ، އުމުރުން 25 އަހަރުގެ މަރްޔަމް މާއީ ޖަމީލް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު މައުލޫމާތު ދިން ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ މާއީ ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

ނަމަވެސް، މިއަދުގެ ވަގުތެއްގައި އޭނާ ވަނީ އަމިއްލައަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގުޅުމަށްފަހު، އެ ސްޓޭޝަނަށް ހާޒިރުވެފައެވެ.

އޭނާގެ ހާލު ރަނގަޅު ކަމަށާއި، މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުންގެ ފަރާތުން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި މީހުން ގެއްލިގެން ހޯދަން ދޭތެރެއަކުން އިއުލާންކުރެއެވެ. ނަމަވެސް، މައުލޫމާތު ހާމަކުރާތާ މާ ގިނައިރެއް ނުވެ އާންމު ގޮތެއްގައި އެ މީހުން ފެނެއެވެ.

comment ކޮމެންޓް